1339ހ ޒުލްޙައްޖު(1921މ އޯގަސްޓް)ގާ، މޫސާމަހައްލީ ގެދަރި ހުސެން ސަލާހުއްދީނު ބަންޑާރަނައިބުގެ ޝަރީއަތު މަޖިލީހުގާ، އަލްގާޒީ މުހައްމަދު މުހިއްބުއްދީނު ގެދަރި އަލްހަތީބު ހުސެއިން ގެދަރި ވެލިދޫގޭ މުހައްމަދު ދީދީ އައިސް؛ އޭނާގެ މައިފުށު މީހުންގެ، މައްޗަންގޯޅި އައުގެގެ ފަތް ބާވެގެން، އެފަތް އާކޮށްދެއްވުމަށް އެދުމުން، އެފަތް ބެއްލެވިއިރު، އެއީ 1242ހ(1827މ)ގާ، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނުން، އަހުމަދު މާލިމީގެ ދަރި އިބްރާހީމް މާކޮށާރު ބަނޑޭރި ތަކުރުފާނާއި، އޭނާގެ އެއްބަނޑުއެއްބަފާ މަރިޔަމްފާނު އާއި އެދެބެންގެ މަންމަގެ ގޯތިކަމަށްވާ މައްޗަންގޯޅި އައުގެ، އެދެބެންނަށް އެއްވަރަށް ބައްސަވާ، އުތުރުބައި މަރިޔަމްފާނަށް އަދި ދެކުނުބުރި އިބްރާހީމް މާކޮށާރު ބަނޑޭރި ތަކުރުފާނަށް ލިބި، އެދަބައި އެއްކޮށް ވަގުފްކޮށް، މުޅި އެ ގޯއްޗާއި އެގޯތީގާވާހާ ތަކެއްޗެއްގެ ހަވާލުވެރިކަން، އެދެބެއިންނާއި އެދެބެންގެ ދަރިފަސްކޮޅަށް ލައްވާ، އައްނައިބު މުހައްމަދު ބަންޑާރަނައިބު ލިޔުއްވާފާވާ ސައްހަ ފަތެއްކަމަށް ސާބިތުވުމުން އެފަތް އޮތްގޮތަށް އެމަޖިލީހުން ލިޔެދެއްވި ފަތުގެ ނަކަލެއް. (Size: 8.8" X 6.7") Chief Justices - Al Naaibu Hussain Salahuddin K.Male' - Ma.Auge/Huvarafusee Kudage (Housing Plot) - Deed for housing plot
Republic of the MaldivesR00284
1 Archival description results for R00284
1 results directly related
Exclude narrower terms
MV NAM MV NAM 012-F3-7
·
Item
·
1921
Part of Manuscript