1340ހ ރަބީލްއާހިރު 27(1921މ ޑިސެންބަރު 27)ގާ، ހުސެއިން ސަލާހުއްދީނުގެ ޝަރީއަތުގެ މަޖިލީހުގާ، ބެރުއެދުރު ކާސިމް ކަލޭފާނުގެ ދަރި ބެރުއެދުރު ހާޖީ އާދަމް ކަލޭފާނު؛ ގ.ފާރުރީތި މިސްކިތުގެ ދެކުނުން އޮތްގޯތިން، ކޮއި އިބްރާހީމްފުޅުގެ ދަރިކޮޅަށާއި، ބެރުކޮއްކޮއަށާ، އޭނާގެ އެއްބަފާ ދޮންކަމަނައަށް ވީތަތަންތަނުގެ ވަގުފް ފުއްދާ، އިތުރަށް ލިބޭ އެއްޗެއް އޭނާޔަށް ލިބި، އެގޯތި ބެލުމަށް އޭނާއާއި ހަވާލުކުރުމަށް، ކޮއި އިބްރާހީމްފުޅުގެ ދަރީން، -/69، ބެރުކޮއްކޮ -/58، އަދި ދޮންކަމަނަ -/22 ރުފިޔާ ނަގާފިކަމުގާ ބުނެ، އެކަން ސާބިތުކޮށް ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، އެގޯއްޗަކީ، އޭގެ އިހުފަތް ބަލައިގެން، މި ޝަރީއަތު މަޖިލީހުން، 1339ހ(1921މ)ގާ، ހުރާ ދޮންއަލިތަކުރުގެ މުހައްމަދު ތަކުރު ވަގުފްކޮށް، މިތަކުރުގެ ފާތުމާބީގެ ދަރިކޮޅަށް ހަވާލުވެރިކަން ލަށްވާފާވާ އޮތް ގޯއްޗެއްކަމާއި، އަދި ބެރުއެދުރު ހާޖީ އާދަމް ކަލޭފާނުގެ އެ މުއާމަލާތް ސައްހަކަމުގާ ނިޔާކޮށް، އެތަނުގެ އިމާއި މިން ހިމަނާ، މޫސަލް މަހައްލީ ގެދަރި ނައިބު އަބްދުއްލޯ ލިޔުނު ފަތުގެ ނަކަލެއް. (Size: 8.8" X 6.7") Chief Justices - Al Naaibu Hussain Salahuddin K.Male' - G.Beruge - Deed for housing plot
Republic of the MaldivesR00292
1 Archival description results for R00292
1 results directly related
Exclude narrower terms
MV NAM MV NAM 012-F3-13
·
Item
·
1921
Part of Manuscript