R00435

Elements area

Taxonomy

Code

Scope note(s)

    Source note(s)

      Display note(s)

        Hierarchical terms

        R00435

          Equivalent terms

          R00435

            Associated terms

            R00435

              1 Archival description results for R00435

              1 results directly related Exclude narrower terms
              MV NAM MV NAM 012-F6-8 · Item · 1962
              Part of Manuscript

              1962މ މޭ 25(1381ހ ޒުލްހައްޖު 20)ގާ، އުނގޫފާރުގާ ހުންނަ، ރ.އަތޮޅު އޮފީހުން؛ 'ނަންބަރު 3-62/62 ސިޓީއިން، އަންގަވާފައިވާ އެންގެވުމަށް ބެލިބެލުމިން. ރ.އަތޮޅުގައި ވަގުފް އެއްގެ ގޮތުންހުރި ތަންތަނައި މެދު ފިލާފައިވާ މައުލޫމާތުގެ ރިޕޯތް' މިހެން ސުރުހީކޮށް: 1. ގާއުޑޫދޫގާ، މަދީނާ ޒިޔާރަތްފުޅުގެ ނަމުގާ ވަގުފްކުރެވި، ވުޒާރަތުލް އައުގާފުގާ އެތަން ލިއުއްވައިގެން އުޅެނީ، ގާއުޑޫދޫ މުދިމް އަހްމަދު ސަލީމް، ކަމާ، އެވަގުފާ ބެހޭ ލިއުމެއް ނެތް ކަމުގަޔާ، 2. މާކުރަތުގާ، ވަގުފް ރުއް ހުރިކަމާ، އެކަމުގެ ލިއުމެއް ނެތްކަމާ، ވުޒާރަތުލް އައުގާފުގާ، އެއެއްޗެތި ލިއުއްވައިގެން އުޅެނީ، ބަނޑޭރި މޫސާ ކަމުގަޔާ، 3. ރަސްމާދޫގާ، އެރަށު ހިންނަ ކިޔާ ތަނަކާ، ރ.އޮރިމަސްފުށި، ވަގުފްކޮށްފާވާ ކަމާ، ވުޒާރަތުލް އައުގާފުގާ، އެހިންނަ ލިއުއްވައިގެން އެތަނާ ހަވާލުވެ ހުންނަނީ އުނގޫފާރު އިބްރާހީމް ކަލޭފާނު ކަމާ، އަދި އޮރިމަސްފުށި އޮތްކަމަށްވަނީ، ރަސްމާދޫ މާމާފުޅެއްގެ މައްޗަށް ކަމަށާ، އެމާމާފުޅެއް އަދި އޭނާގެ ދަރިކޮޅެއްވެސް ނޭނގޭކަމާ، އެއިން އެއްވެސް ތަނެއްގެ ލިއުމެއް ނެތްކަމަކު، އެދަރިކޮޅޭ ކިޔާ، އެތަނާ ހަވާލުވެ، 'ރަށްކަމުން'އަންނަ ބަޔަކު އެރަށުގާ އުޅޭކަމުގަޔާ، 4. އިންނަމާދޫގާ، 5 ބަނބުކެޔޮ ގަހާ، 20 ކަށިކެޔޮގަސް، ބައެއްގެ އަމިއްލަ ވަގުފެއްގޮތުގާ ހުރިކަމާ، އެވަގުފުން 9 ބަޔަކަށް ބައިއަޅާ ކަމާ، އެބައިމީހުންނަށްވެސް އެތާގެ މައުލޫމާތެއް ނޭނގޭކަމާ، ކޮންމެ ރަބީލްއައްވަލު މަހަކު 10ވަނަ ރޭ، ވަގުފް ސޮލަވާތަށް ކަށްކައިގެން، ރަށުމެދަށް، އެމީހުން، ކެއިން ނެރޭކަމަށާ، އަދި ތަބުރޭޒުގެފާނަށް ނަދުރުބުނެ އިންދާފާހުރި ރުކެއް، އިންނަމާދޫ، އާގޭ މުހައްމަދުގެ ކުދިން ގެންގުޅޭ ކަމާ، އަދިވެސް، ކުރެންދޫ ޒިޔާރަތުގެ ނަމުގަ 2 ރުއް ހުރިކަމާ، އެތަނުގެ ހަވާލުވެރިޔާ ބުނެގެންނޭކިޔާ އެކިފަހަރު އެކިމީހުން އައިސް އެރުކުގެ ތަކެއްޗާ ހަވާލުވާ ކަމާއި، އެކަމަކު އެއިން އެއްވެސް ވަގުފެއްގެ ލިއުމެއްނެތް ކަމުގަޔާ، 5. އިނގުރައިދޫގާ، މަދީނާ ޒިޔާރަތްފުޅުގެ ނަމުގާ، 3 ވަގުފް ރުއް ހުންނަ ކަމާ، އެކަމާ ބެހޭ އެއްވެސް ލިއުމެއް ނެތް ކަމާ، އެތަނުން 1 ރުއް، ވުޒާރަތުލް އައުގާފުގާ ލިއުއްވައިގެން ހަވާލުވެ އުޅެނީ، އެރަށު ޔޫސުފް އަބޫބަކުރު ކަމާ، އަނެއް ދެރަށާ ހަވާލުވެގެން އުޅެނީ، އެރަށު އާދަމް އަލީ އާއި ގާސިމް އަހްމަދު ކަމާ، އެމީހުން އެ ދެ ރުއް ގެންގުޅެނީ، ލިއުއްވައިގެން ނުވަތި ވަރުވާޔަކަށް ނޫން ކަމުގަޔާ، 6. މީދޫގާ، މަދީނާ ޒިޔާރަތްފުޅުގެ ނަމުގާ ވަގުފް 31 ރުއް ހުންނަ ކަމާ، އެޔާބެހޭ އެއްވެސް ލިއުމެއް އަދި ހަވާލުވެހުރި އެއްވެސް ފަރާތެއްވެސް، އިނގެން ނެތް ކަމާ، އަދި ރ.ދިގަލި، އެރަށު ހުކުރު މިސްކިތަށް ވަގުފްކޮށްފާވާ ކަމާ އެވަގުފް ފަތް ވީ ވުޒާރަތުލް އައުގާފަށް ގެންގޮސްފާ ކަމުގަޔާ، 7. އުފުލަންދޫގާ، އެރަށުގެ މިސްކިތަށް، ރ.ކުކުޅުދޫ އާއި އެރަށުގެ 2/1 ވަގުފްކޮށް އަދި، ފަތް ވަނީ ދާހިލިއްޔާއަށް ގެންގޮސްފާ ކަމުގަޔާ، 8. މަޑޫވަރިގާ، ވަގުފް 7 ރުއް ހުންނަކަމާ، އެކަމުގެ އެއްވެސް ލިއުމެއްނެތް ކަމާ، އެ ހަތްރުއް، ވުޒާރަތުލް އައުގާފުގާ ލިއުއްވައިގެން އުޅެނީ، އެރަށު އަލީކޮއި އިބްރާހީމް ކޮއި ކަމުގަޔާ، 9. ކަނދޮޅުދޫގާ، އެރަށުގެ ރައްޔިތުންގެ ހުކުރު މިސްކިތަށް، ނ.ކަފަކޮމަންޑޫ ވަގުފްކޮށްފާވާ ކަމާ، އަދި ކަނދޮޅުދޫ އޮންނަނީ، އެރަށު މިސްކިތަށް ވަގުފްކޮށްފާ ކަމާ، އެ ދެތަނުގެ ފަތް ވަނީ ދާހިލިއްޔާ ގެންގޮސްފާ ކަމުގަޔާ، 10. އަލިފުށިގާ، އެރަށު ހުކުރު މިސްކިތަށް، ށ.ދޮޅިއަދޫ، ވަގުފްކޮށްފާވާ ކަމާ، އެފަތް ވަނީ ދާހިލިއްޔާއަށް ގެންގޮސްފާ ކަމުގަޔާ؛ އަދި، މީހެއްގެ އަމިއްލަ ބިމެއް ވަގުފް އިމާރާތެއް، އެއަތޮޅުގާ ނުވާކަމުގާ ބަޔާންކޮށް ލިޔެފާވާ ލިއުމެއް. Size: 10" X 8" 1.R.Gaaun'doodhoo- 2.R.Maakurathu- 3.R.Rasmaadhoo- 4.R.Innamaadhoo- 5.R.In'guraidhoo- 6.R.Meedhoo- 7.R.Ufulandhoo- 8.R.Maduvvari. 9.R.kan'dholhudhoo- 10.R.Alifushi - 6.Hukuru Miskiiy (Mosque)- 7.Island Mosque- 9.Hukuru Miskiiy (Mosque)-Island Mosque - 1.Writing (Endowed housing plot)- 2.Writing (Private Property)- 3.Wriiting (Endowment for property)- 4.Writing (Report)

              Republic of the Maldives