1108ހ(1697މ)ގާ، އައްސުލްތާނު އިސްކަންދަރު އިބްރާހީމް(ކަލާފާނު)ގެ ރަސްކަމުގާ، އެރަދުންގެ ރަސްކަމުގެ 4ވަނަ އަހަރު، 997ހ(1589މ)ގާ، ހައްދުންމަތީ ގަމުގެ ހުކުރު މިސްކިތް ބާވެގެން، އެރަށު ރައްޔިތުން، އާ މިސްކިތަކަށް އެދި، އެރަދުންގެ އަމުރު ލިބި، އެޅި މިސްކިތް، ނިމިއްޖެ ކަމުގާ ބުނެ، އިހު މިސްކިތުގެ ލޯމާފާނުގާ، އެތަނުގެ ބޯގަޔަށް ލަށްވާފާހުރި އެއްޗެތި، އަލަށް އެޅި އެ މިސްކިތަށް ލަށްވާދެއްވުމަށް އެދުމުން؛ އެކަން އެގޮތަށް އޮންނަންވާނެ ކަމުގަޔާ، އެރަށު ގޮއިފާލަށްބާ ނޫން އެހެން ހުރިހާ އެއްޗެއް، އެމިސްކިތު ބޯގަޔަށް ލަށްވާ، އަދި، އިސްކަންދަރު ރަދުންގެ ބައްޕާ އައްސުލްތާނު މުހައްމަދު(ބޮޑުތަކުރުފާނު)، ލ.ގަމަށް ވަޑައިގެތް ފަހަރު، އެރަށު ރައްޔިތުން، އެރަދުންނަށް ދީފާވާ، 400ބަމަ ހިންނައާ، އިސްކަންދަރު ރަދުންނަށް، އެރަށު މީހުން ދީފާވާ ހިންނައާވެސް، ގޮއި(ސަރުކާރަށް އެތަނަކުން ދޭންޖެހޭ ތަކެތި)ކަނޑުއްވާ، އެމިސްކިތަށް ބޯގައަށް ދެއްވާ، އެތަނުގެ ހަވާލުވެރިކަން، އެރަށު ރައްޔިތުނަށް ލަށްވާފި ކަމުގެ އަމުރުނެރުއްވުމުން، އަލްވަޒީރު ހާޖީ މުހައްމަދު ފާށަނާ ކިއުމުން، މުހައްމަދު ހަތީބު ލިޔުނު (ދިވެސްއަކުރުން) ފަތުގެ، 1962ހ މޭ 14(1381ހ ޒުލްހައްޖު 9)ގާ، ގަމު ނައިބު ހަސަން އިބްރާހީމް ދީދީ ކުރަށްވައިފާވާ ތާނަ ތަރުޖަމާ.Size: 10" X 8" L.Gan - Hukuru Miskiiy (Mosque) - Endowment for Shrine (ziyaaraiy)
Sans titreR00450
1 Description archivistique résultats pour R00450
1 résultats directement liés
Exclure les termes spécifiques
MV NAM MV NAM 012-F6-21
·
Pièce
·
1697
Fait partie de Manuscript