1962މ އޭޕްރިލް 22(1381ހ ޒުލްގައިދު 17)ގާ، މ.އަތޮޅު އޮފީހުން، 'މިއަތޮޅުގައި ހުރި ވަގުފްތަކުގެ ތެރެއިން މިވަގުތަށް ލިބިފައިވާ ބައި' މިހެން ސުރުހީކޮށް؛ މ.ކޮޅުފުށީގާ، އައްސުލްތާނު މުހައްމަދު ތަކުރުފާނު އައުޒަމް އެރަށުގެ ދެކުނުއަވަށް(ކޮޅުފުށި) މިސްކިތަށް، ކޮޅުފުއްޓާއި ދިއްތުނޑި، ވަގުފްކޮށް، އެރަށު ރައްޔިތުންނަށް ލަށްވާފަވާކަމާ، އަދި، އެރަށުގެ އުތުރުއަވަށް(ވާރެޔާފުށި)ގެ މިސްކިތަށް، އެއަތޮޅުގެ ދޫނިފުށި، ކުޑައުސްފުށި، މާއުސްފުށި ހާފުށި ވަގުފްކޮށް، އެތާގެ ރައްޔިތުންނަށް ލަށްވާފާ އޮތްކަމާ، އަދި، މަދީނާ ޒިޔާރަތަށް، އެރަށުގެ ހިންނައެއް ވަގުފްވެ އޮތްކަމާ، އެވަގުފް ފަތްތައް ވީ، ވުޒާރަތުލް މާލިޔާއަށް ގެންގޮސްފާ ކަމާއި؛ މ.މުލިގާ، އެރަށުގެ އުތުރުކޮޅުގާ، މަދީނާ ޒިޔާރަތަށް ވަގުފްވެ އޮތް، ހިންނައެއް އޮތްކަމާ، އެކަމާބެހޭ އެއްވެސް ލިޔުމެއް ނެތް ކަމުގަޔާ؛ މ.ދިއްގަރުގާ، އަލްސުލްތާނު ހަސަން އިއްޒުއްދީނު (ދޮންބަންޑާރައިން)، އެރަށު ހުކުރު މިސްކިތަށް، އެދިއްގަރު ވަގުފްކޮށްދެއްވާފާވާ ކަމާ، އެވަގުފްގެ ފަތް ވަނީ، ވުޒާރަތުލްމާލިޔާއަށް ގެންދަވާފާ ކަމާ، އެއިން އެއްވެސް ރަށެއްގާޔާ އަމިއްލަ މީހެއްގެ އެއްވެސް ވަގުފް ބިމެއް އިމާރާތެއް ނެތްކަމުގަޔާ؛ އަދި މ.މަޑުއްވަރީގާ، އަމިއްލަ މީހެއްގެ އެއްވެސް ވަގުފް ބިމެއް އިމާރާތެއް، އަދި އެޒާތުގެ އެއްވެސް ލިޔުމެއް ނެތްކަމުގާ، ބަޔާންކޮށްފާވާ ލިޔުމެއް.Size: 9.9" X 8" 1.M.Kolhufushi- 2. M.Muli- 3.M.Dhiggaru- 4.M.Maduvvari - 1.Kolhufushi Mosque- Vaareyaafushi Mosque- 3.Hukuru Miskiiy (Mosque) - Endowment for Mosque- Endowment for Shrine (ziyaaraiy)
Republic of the MaldivesR00481
1 Archival description results for R00481
MV NAM MV NAM 012-F6-47
·
Item
·
1962
Part of Manuscript