1326ހ ޒުލްހައްޖަ 20(1909މ ޖަނަވަރީ 13)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ދަރުބާރަށް، ހުވަދޫއަތޮޅު (ހުވަދުއްމަތީ) މަދިރިވިލިނގިލި ރައްޔިތުން އައިސް، އެރަށު ކުޑަމިސްކިތްގެ ބޯގަޔަށް، އަލްހާއްޖަ އަލީ ތުއްކަލާ ގެދަރި އައްސުލްތާނު ގާޒީ މުހައްމަދު(ދެއްވަދޫ) ދެއްވި ފަތް، އެރަށް އެނދިއިރު، އަނދައިގެން ދިއުމުން، އައްސުލްތާނު މުހައްމަދު އިމާދުއްދީނު އިސްކަންދަރު، 1287ހ(1870މ)ގާ ދެއްވި ފަތްކޮޅު އާކޮށްދެއްވުމަށް އެދުމުން، ކުރީގާވެސް އެމިސްކިތަށް އޮތް، ގއ.ފަޅުވެރިރާހަ އާއި ރާވެރިރާހަ(ރާވެއްރަހާ) ލަށްވާ، އެރަށު ރައްޔިތުންނަށް ހަވާލުވެރިކަން ދެއްވާ، އަދި ވިލިނގިލީގެ 81 ކާށިރުކާއި، 28 ރާރުކާއި، ފުޅަހިކޮޑި؟(ފަޅު)އާއި ވެސް އެމިސްކިތް މައްޗަށް ލަށްވާ، އަދި އެމިސްކިތު މުދިމާއި، ރާވެރިއަކާއި، 3 މީހުންގެ ވާރުވެސް އެ މިސްކިތްމައްޗަށް ހުންނަންވާނެ ކަމާ، އަދި މާނަގަލުން، ވިލިނގިލި ކޮޅާ ޖެހެންދެން އޮތް ފަޅުން، އެރަށު ރައްޔިތުންގެ ގަބޫލުގާ މެނުވީ އެއްވެސް އެހެން ރަށެއްގެ ބަޔަކަށް، މަސްހިފާ ނެހެދޭނެ ކަމުގާ، އަމުރުނެރުއްވުމުން؛ އެރަދުންގެ ސިއްކަ ޖަހާ، ބޮޑުގަލު މާކޮށާރު ބަނޑޭރި މޫސާގެ ދަރި ހުސެއިން ލިޔެދެއްވި ފަތުގެ، 1351ހ ޒުލްހައްޖު 14(1932މ ނޮވެންބަރު 13)ގާ، ކޮށްފާވާ ނަކަލެއް. F6-58) އާއި މިނަކަލު ލިޔެފާވަނީ އެއްދުވަހެއްގާ ކަމުގާ ބަލާ، މި ފަތް ލިޔުނު ތާރީހުކަމަށް މިނަކަލުގާ 1322ހ އެއޮތީ އޮޅުމެއްކަމަށް ބަލާފާ) Size: 10" X 8" G.A.Madhirivillin'gili - Kuda Miskiiy (Mosque) - Endowment for Shrine (Ziyaaraiy)
Sans titreR00493
1 Description archivistique résultats pour R00493
1 résultats directement liés
Exclure les termes spécifiques
MV NAM MV NAM 012-F6-58A
·
Pièce
·
1909
Fait partie de Manuscript