1349ހ ރަބީލްއާހިރު 27(1930މ ސެޕްޓެންބަރު 21)ގާ، އަލްގާޒީ ހުސެއިން ސަލާހުއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތު މަޖިލީހުގާ، 1333ހ(1915މ)ގާ، ހަމަ އެޝަރީއަތު މަޖިލީހުން، ބާޑީގޭ އައިމިނަތު ދީދީއަށް މިލްކުވެ، އޭނާ ނިއާވުމުން، އޭނާގެ ދަރި ސާރާ ދީދީ އަށް މިލްކުވެފާވާ ކަމުގާ ފަތްލިޔެފާވާ، އަދި އޭގެފަހުން، ސާރާގެ އިޒްނަޔާ އެކު، އޭނާގެ ބައްޕަ، މަލިންގޭ މުހައްމަދު ދީދީގެ ދަރި އަލީ ދީދީ، ކަންޒުދޮށުގޭ މަނިއްޕުޅުގެ ދަރި އަބްދުލް މަޖީދު ދީދީއަށް ވިއްކާފާވާ ކަމުގާ އެ މަޖިލީހަށް ސާބިތުވެފާވާ، މައްޗަންގޯޅި ވައިދެރިމަގުގެ ހުޅަނގުން އޮތް، ކަންކޮށިގޯތި، އަބްދުލް މަޖީދު، ތަކަންދޫ ހުސައިނުގެ އަލީއަށް، -/472 ރުފިޔާއަށް ވިއްކާ، އަގުދީ ހަލާސްކޮށްފި ކަމުގާ، އަލީ ބުނެ، އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، އަބްދުލް މަޖީދު ދީދީ އިގްރާރުވުމުން، އެ ވިޔަފާރި ސައްހަކަމުގާ ނިޔާކުރަށްވާ؛ މއ.ދަބުގަސްދޮށުގެ އެއީ، ތަކަންދޫ ހުސައިނުގެ އަލީގެ މިލްކެއް ކަމުގާ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، އައްނައިބު އައްސައްޔިދު އަބްދުލް ގައްޔޫމް، ލިޔެފާވާ ފަތުގެ ނަކަލެއް. އަދި މިކަރުދާހުގެ 2ވަނަ ގަނޑުގެ ތިރީގާ: 1352 ޖުމާދިލްއައްވަލް 4(1933މ އޯގަސްޓް 26)ގާ، ވުޒާރަތުލް ހައްގާނިއްޔާއިން، ތަކަންދޫ ހުސައިނުގެ އަލީ ނިއާވުމުން، މއ.ދަބުގަސްދޮށުގެ، އޭނާގެ ދޮން ހައްވާފުޅުއަށް މިލްކުވެއްޖެ ކަމުގާ، އެގޭގެ ފަތުގެ ނުފުށުގާ ވާ ލިޔުމެއްގެ ނަކަލެއް. Real estate document for Machchangoalhi Dhabugasdhoshuge (Size: 8.8" X 6.65") Chief Justices - Al Ghaazee Hussain Salahuddin
Zonder titelR00503
1 Archivistische beschrijving results for R00503
1 results directly related
Exclude narrower terms
MV NAM MV NAM 012-F7-3
·
Stuk
·
1930
Part of Manuscript