R00513

Área de elementos

Taxonomía

Código

Nota(s) sobre el alcance

    Nota(s) sobre el origen

      Mostrar nota(s)

        Términos jerárquicos

        R00513

          Términos equivalentes

          R00513

            Términos asociados

            R00513

              1 Descripción archivística resultados para R00513

              1 resultados directamente relacionados Excluir términos relacionados
              MV NAM MV NAM 012-F7-13 · Unidad documental simple · 1794
              Parte de Manuscript

              1208ހ(1794މ)ގާ، އައްސުލްތާނު ހަސަން ނޫރައްދީނުގެ ދަރުބާރުގެ ޝަރީއަތު މަޖިލީހުން؛ 1208ހ ރަބީލްއާހިރު 15(1794މ ޖަނަވަރީ 17)ގާ އެރަދުން، އަލްހާޒިން މުހައްމަދު ހަނދޭގިރި، މުހައްމަދު މާބަނޑޭރި، ބަނޑޭރި މުހައްމަދު، ބަނޑޭރި އަލީ މޭނާ، ބަނޑޭރި އަލީ ސައިފުއްލާ، ތޮއްޑޫ އިބްރާހީމް އަދި މުހައްމަދު ރަންފަޑިއަތް، އެކުލެވޭ ކޮމިޓީއެއް ހައްދަވާ، މާލޭގެ ހަތަރު އަވަށުގާ ހުރި ބަންޑާރަ ގޯއްޗާއި އަދި އމިއްލަ ގޯތިތަށް ވަކިވާނެގޮތް ހެދުމަށް އެންގެވި އެންގެވުމަށް، ކުޑަފަރީ އަލީގެ ދަރިން އެ ކޮމިޓީއަށް ހާޒިރުކުރެއްވުމުން، ހެންވޭރު ފުނަގަސްމަގަށް އެރޭ މަގުގެ ދެކުނުން އެ އެމީހުންގެ މިލްކު ގޯތީގެ އިރުން އޮތް، ރުވާދައިތަގެ އަތުން އެމީހުން ގަތް ގޯތީގެ މައްސަލަ ބަލާ، އޭރު ތިބި ދުވަސްވީ މީހުންގެ ހެކިބަހުން، އެއީ ކުޑަފަރީ އަލީގެ ދަރިންގެ ގޯއްޗެއްކަމުގާ ސާބިތުވުމުން، އެކޮމިޓީ އެކަމަށް އިއްތިފާގުވުމުން، އެރަދުންގެ ދަރުބާރުން ލިޔެފާވާ ޝަރީއަތުގެ ފަތުގެ ނަކަލެއް. އަދި 2ވަނަ ގަނޑުގާ: 1348ހ މުހައްރަމް 11(1929މ ޖޫނު 19)ގާ، މަހްކަމަތުލް ޝަރީޔާއިން؛ މަތީގާ ބުނެފާ އެވާ ގޯތި، އެގޯތީގެ ބެހެނިވެރިން ކުރެ، ބޮޑަކަށް ތިބި، ކައިރު ކުޑަތައްހާނު އާއި ބަބުރު ހަސަންފުޅު އާއި ދެމީހުން، ރިޔަނެއް -/3ރުފިއާގެ މަގުން، އެގޯތި، ދޮންމަނިކުފާނުގެ ދޮންދީދީއަށް ވިއްކައިފި ކަމުގާ، އެ މަހްކަމާއިން، މަތީގާ ބުނެވިފާވާ ފަތުގެ ނުފުށުގާ ލިއެފާވާ ލިޔުމެއްގެ ނަކަލެއް. އަދި: 1351ހ ރަބީލްއާހިރު 5(1932މ އޯގަސްޓް 8)ގާ، މަހްކަމަތުލް ޝރީއާއިން، މަތީގާ ބުނެވިފާވާ ގޯތި، ހެންވޭރު ކަންހިނަވާމަގު ދެކުނުން އޮތް ހަގުދީދީގެ އިބްރާހީމް ދީދީގެ މިލްކު ގޯތިން އެދީދީގެ ފާތުމަތު ދީދީއަށް ވީތަނާއި ބަދަލުކޮށް، އެ ހެންވޭރު ކަންހިނަވާމަގުގެ ދެކުނުން އޮތް ގޯތި(ހ.ދެމާގަސްދޮށުގެ އެބައި؟؟)، ދޮންމަނިކުފަނުގެ ދޮންދީދީ އަށް މިލްކުވެ، އަނެއް ގޯތި އެފާތުމަތު ދީދީ އަށް މިލްކުވީ ކަމުގާ، އައްނައިބު އަބްދުއްލޯ ލިޔެދީފާވާ ލިޔުމެއްގެ ނަކަލެއް. (މި ލިއުމަކުން، ހ.ދެމާގަސްދޮށުގޭ ގޯތި އެއީ ކޮބައި ކަމެއް އިނގޭކަށް ނެތް) Real estate document for Henveiru Dhemaagasdhoshuge- written in Thaana- stating owership of the land (Size: 8.8" X 6.65")

              Sin título