1339ހ ޒުލްގައިދު 4(1921މ ޖުލައި 10)ގާ، މަހްކަމަތުލް ޝަރީޔާގެ، އައްނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބުގެ ޝަރީއަތު މަޖިލީހުން؛ މައްޗަންގޯޅި މަގުތެދުކުރެއްވުމުގެ ތެރޭގާ އުނިވެފާހުރި މީސްމީހުންގެ އަމިއްލަ ގޯތިގޯތި ހަމަކޮށްދެއްވާ ފަތްލިޔެދެއްވުމަށް، މާފަންނުގެ ސަރުދާރުންނާއި މުދިމުން އެދުނު އެދުމުގެ މަތިން، މާފަންނު ފަނޑިޔާރު މިސްކިތުގެ ދެކުނުން ހުރި އަމިއްލަ ގޯތިތަކުގެ މިން ހަމަކުރެއްވި އިރު، ހިރިމަރަދޫ އިސްމާއީލް ތަކުރު ގަނެ، މިލްކުކޮށްފާވާ ކަމުގާ، 1287ހ(1870މ)ގާ، އަލްގާޒީ އިބްރާހީމް މުހިއްބުއްދީނު އުއްތަމަ ފަނޑިޔާރު ފަތްލިޔެދެއްވާފާވާ ގޯތި، ހަމަކުރައްވާ، އެގޯތިން އެ އިސްމާއީލްތަކުރުގެ 5 ދަރިންގެ ބައިން، ކުރެންދޫ ވާނީ އާދަމްފުޅުއަށް ނުވިއްކާއޮތް، އެތާގެ އިރުމަތީބިތް، މާފަންނާއި މައްޗަންގޯޅި ދެއަވަށް ދެމެދުގާ އޮތް މަގާ އިންވެ، އަދި ހުޅަނގު ބިތް ވެލިދޫގޭ ހަދީޖާ ދީދީގެ ގޯއްޗާ އިންވެ އޮތް، އެދޮންކަމަނަގެ ބައި(މ.ފާގަތިގޯތި؟)، އެއީ އެދޮންކަމަނަގެ ދަރިންނަށް އޮތް، އޭނާގެ މިލްކު ގޯއްޗެއް ކަމުގާ ބަޔާންކޮށް، އެބައިގެ މިން ހިމަނާ، ލިޔެފާވާ ފަތުގެ ނަކަލެއް. އަދި މިކަރުދާހުގެ 2ވަނަ ގަނޑުގާ: (ތާރީހެއް ނެތް)، މަތީގާ ބުނެފާއެވާ ގޯތީގެ ބެހެނިވެރިން، އެތަން، ވެލިދޫގޭ މުހައްމަދު ދީދީ އަށް -/90 ރުފިއާއަށް ވިއްކާ، އަގުހިފާ ހަލާސްކޮށް،(މިހިސާބަށް ނަކަލުކޮށް) އަދި، ދެންއޮތްބައި ކިޔަން ނޭނގޭ ކަމުގާ ލިޔެފާވާ ލިޔުމެއް. Real estate document for Maafannu Faagathigoathi- written in Thaana- stating ownership of the land (Size: 8.8" X 6.65") Chief Justices - Al Naaibu Hussain Salahuddin
Republic of the MaldivesR00514
1 Archival description results for R00514
1 results directly related
Exclude narrower terms
MV NAM MV NAM 012-F7-14
·
Item
·
1921
Part of Manuscript