1375ހ ޝައުބާން 1(1956މ މާޗް 14)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ 1329ހ ޖުމާދިލްއާހިރު 16(1911މ ޖޫނު 14)ގާ، އަލްހަތީބު ހުސެއިން އާއި މޫސަލް މަހައްލީގެ ޝަރީއަތު މަޖިލީހުން، ރިބުދޫ މުހައްމަދު ތަކުރުގެ ދަލޭކާފުޅުގެ އާދަމްފުޅުގެ ތަބައް ދޮންކޮއްކޮއަށް ފަތްލިޔެދީފާވާ، މައްޗަންގޯޅި ގުމްރީގޯޅިއާ އިންވެ އުތުރުން ތަބައްގެއާ އިންވެ އިރުން، މާބަޑޭރިގޭ ކުދިންނަށް މިލްކުވެއޮތް، އިހުގާ ރިބިދޫ ކޮށި، ކިޔާ ގޯތީގެ އުތުރުބިތުން 19ރިޔަން 14އަނގޫ އަދި ދެކުނު ބިތުން 17ރިޔަން 6އަނގޫގެ ބޮޑުމިނުގާ އޮތް ބައި، އެދަލޭކާފުޅުގެ ހަނދޭގިރި ތަކުރުފާނުއަށް މިލްކުވެއޮތް ކަމުގާ އެފަތުން ސާބިތުވާ ކަމާއި، އަދި އެހަނދޭގިރި ތަކުރފާނުގެ ދަރި އިބްރާހީމް މަނިކުގެ، މާބަނޑޭރި އަލިމަނިކު އަދި ހަސަން މަނިކުއަށް އެތަން ލިބިފާ ވަނިކޮށް، އެދެބެއިންނަށް އޮތް، ހެންވޭރު، އޭރު ވާނީގެ ކިއާގޯތިން، އަލީ މަނިކަށްވީ ބައި ހަސަން މަނިކުއަށް ދީ، އަދި މައްޗަންގޯޅި ގޯތިން ހަސަން މަނިކަށްވީ ބައި އަލިމަނިކުއަށް ދީ، އެދެބައިންގެ ހަޔާތުގާ އެކަން އެގޮތަށް ނިންމާފާވާ ކަމުގާ، އެދެބެންގެ ބެހެނިވެރިން އިގުރާރުވާ ކަމާއި، 1375 މުހައްރަމް 2(1955މ އޯގަސްޓް 20)ގާ، ދާހިލިއްޔާ އަށް ފޮނުވި، މަހްކަމަތުލް ޝަރީޔާގެ، ހ-2/4ނަންބަރު ސިޓީއިން، އެތަން އެއީ، އެއަލިމަނިކުގެ ދަރިންގެ ތަނެއްކަމުގާ ސާބިތުވާ ކަމުގަޔާ؛ އަދި ގަލޮޅުގާ އޮތް، މަލިކު ދޮންނަ..؟ ގޯތި ކުޑައަލީ ތަކުރުއަށް މިލްކުވެފާވާ ކަމުގާ، މުހައްމަދު މުހިއްބުއްދީނު އުއްތަމަ ފަނޑިޔާރު ފަތްލިޔެދެއްވާފާވާ ގޯތީގެ 3/2ބައި، ލިބިފާވަނީ އެތަކުރުގެ މޫސާފުޅުގެ މަޑިފުށީ މުހައްމަދު މަނިކުއަށް ކަމާއި، އަނެއް 3/1 އެއީ، މާބަނޑޭރި ހަސަން މަނިކު އާއި އަލީ މަނިކާއި ދެމީހުންގެ މަންމަ، އެ އަލިތަކުރުގެ ދޮންމަނިކެގެ ތަނެއް ކަންވެސް އެފަތުން ނާއި އަދި، 1374ހ ޝައުބާން 20(1955މ އޭޕްރިލް 14)ގާ، ދާހިލިއްޔާއަށް ފޮނުވި، މަހްކަމަތުލް ޝަރީޔާގެ ހ-2/53ނަންބަރު ސިޓީން ސާބިތުވެފާވާ ކަމާއި؛ އަދި ޝަރީޔަތް މެދުވެރިކޮށް، މަޑިފުށީ މުހައްމަދު މަނިކުއަށް އެގޯތިން ލިބިފާވާ 3/2 ބޮޑުމިން، މާބަނޑޭރިގޭ އަލިމަނިކުގެ ދަރިންނަށް މިލްކުވެފާވާ ބައި(މއ.ޗިޅިޔާގެ)އާއި ބަދަލުކޮށް، ޗިޅިޔާގެއިން އިތުރުވީ ބޮޑުމިނަށް، އޭނާ އަގުދައްކާފާވާ ކަމާއި، ގަލޮޅުގާ އެއޮތް ގޯތީގެ، 6/1ނޫން ހުރިހާ ބައެއް، އަލިމަނިކުގެ ދަރިން، މުހައްމަދު މަނިކު، އަހުމަދު ދީދީ އަދި އައިޝަތު ދީދީ އަށް މިލްކުވެފާވާ ކަމާއި، އެ 6/1 މިލްކުވެފާވަނީ، މާބަނޑޭރި ހަސަން މަނިކުގެ ދަރިންނަށާއި، އޭނާގެ އަނބި، ކަނޑި މޫސާގެ ނޫރުއްނަހާރުއަށް ކަމަށާއި، އަދި މއ.ޗިޅިޔާގެ އެއީ، މަލިކު އަލީ ތަކުރުގެ މޫސާފުޅުގެ މަޑިފުށީ މުހައްމަދު މަނިކުގެ މިލްކެއް ކަމުގާ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، ދާހިލިއްޔާއިން ލިޔެފާވާ ފަތުގެ ނަކަލެއް. Real estate document for Machchangoalhi Chilhiyaage- written in Thaana- stating ownership of the land (Size: 8.8" X 6.65")
Republic of the MaldivesR00522
1 Archival description results for R00522
1 results directly related
Exclude narrower terms
MV NAM MV NAM 012-F7-21
·
Item
·
1956
Part of Manuscript