1344ހ ޖުމާދިލްއައްވަލް 6(1925މ ނޮވެންބަރު 23)ގާ، މަހްކަމަތުލް ޝަރީޔާގެ، އައްނައިބު ހުސެއިން ސަލާހއްދީނު ބަންޑާރަނައިބުގެ ޝަރީއަތު މަޖިލީހުގާ، އަތިރީގޭ އަބްދުލް މަޖީދު ދީދީ، އޭނާގެ ކާފަ، އަހުމަދު ދޮށިމޭނާކިލެގެފާނަށް މިލްކުވެގެންވާ މާފަންނު ކޮލިހިގާމަގުން ދެކުނުންއޮތް ހައިރުއްލޯ ގޯތިއޭ ކިޔާ ގޯތި، އެކާފަގެ، އެންމެހާ ބެހެނިވެރިން، އޭނާއަށް ހިބައިން ދީފި ކަމުގަޔާ، އަދި އެގޯއްޗާއި، ކޮލިގޭ ހާޖީގެ ދޮންކަމަނަގެ ވައްވެޔޮދޮށުގާ އޮތް ގޯއްޗާއި ބަދަލުކޮށް ދެގޯތި ލާޖައްސާ، އެ ވައްވެޔޮދޮށުގާ އޮތް ގޯތި، އޭނާއަށް މިލްކުވެފާވާ ކަމުގާ ބުނެ، އެކަންކަމުގެ މައްޗަށް، އެތަންތަނުގެ މިން ހިމަނާ، ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، 1347ހ(1928މ)ގާ، މުހިއްބުއްދީނު އުއްތަމަ ފަނޑިޔާރު ލިޔެދެއްވާފާވާ ފަތަކުން، އެ ހައިރުއްލޯ ގޯތި އެއީ، އަހުމަދު ދޮށިމޭނާ ކިލެގެފާނުގެ މިލްކުތަނެއް ކަމުގާ ސާބިތުވެ، އަދި ބުޗާ މުހައްމަދު ތަންޑެހި ތައްހާނުއާއި، ބަނޑޭރި ދޮންހުސެއިންގެ ދޮންތުއްތުއާއި، އެ މަޖިލީހުގާ، އެތަނުގެ ބެހެނިވެރިން ކުރެ މާލޭގާ ތިބި މީހުންގެ ފަރާތުން، އެކަމަށް އިގުރާރުވެ، އަދި މާލޭގާ ނެތް މީހުން، ސިޓީއިން އެކަމަށް އިގުރާރުވުމުންނާއި، އަދި، 1340ހ(1922މ)ގާ، ހަމަ އެ މަޖިލީހުން، އެތާގެ އިމާއި މިން ހިމަނާ ލިޔެފާވާ ފަތަކުން، އެ ވައްވެޔޮދޮށުގާ އޮތް ގޯތި އެއީ، ކޮލިގޭ ދޮންކަމަނަގެ މިލްކެއް ކަމުގާ ސާބިތުވުމުން؛ އެ މުއާމަލާ ސައްހަކަމުގަ ނިޔާކޮށް، އެދެތަނުގެ މިން އަޅާ، ހައިރުއްލޯ ގޯތިން ބޮޑުވިތަން، އަބްދުލް މަޖީދު ދީދީ، ދޮންކަމަނައަށް ހިބައިން ދިންކަމާއި، މިއެންމެހާ ކަންކަން ބަޔާންކޮށް، އެދެގޯތީގެ އިމާއި މިންހިމަނާ، އައްނައިބު މުހައްމަދު ލިޔެފާވާ ފަތުގެ ނަކަލެއް.. Real estate document for Maafannu Asrafeege- written in Thaana- stating ownership of the land (Size: 8.8" X 6.65") Chief Justices - Al Naaibu Hussain Salahuddin K - Male' - M.Asrafee Goathi (Housing Plot)- M.Hairuhloa Goathi (Housing Plot) - Private Property
Sin títuloR00526
1 Descripción archivística resultados para R00526
1 resultados directamente relacionados
Excluir términos relacionados
MV NAM MV NAM 012-F7-24
·
Unidad documental simple
·
1925
Parte de Manuscript