R00529

Área de elementos

Taxonomia

Código

Nota(s) de âmbito

    Nota(s) da fonte

      Mostrar nota(s)

        Termos hierárquicos

        R00529

          Termos equivalentes

          R00529

            Termos associados

            R00529

              1 Descrição arquivística resultados para R00529

              1 resultados diretamente relacionados Excluir termos específicos
              MV NAM MV NAM 012-F7-26 · Item · 1947- 1960
              Parte de Manuscript

              1366ހ ރަބީލްއައްވަލް 29(1947މ މޭ 21)ގާ، މަހްކަމަތުލް ޝަރީޔާއިން، މާދޫގެ އަހުމަދު ކަލޭފާނުގެ ތަރިކައިން، އޭނާގެ ދަރި ތުއްތުދީދީއަށް މިލްކުވެފާވާ ހެންވޭރު ގައްޑާމީ ގޯއްޗާއި، އެތާގާ ހުރި ގެ، ދައުލަތަށް ބޭނުންވެ، އެގޯތީގެ ބަދަލުގާ، މާފަންނުން ގޯއްޗެއް ދެއްވުމަށް އޭނާ އެދުމުން، މާފާންނު އަނދިރިއަނދިރި މަގުގާ އޮތް ބަންޑާރަ، ހަނިމާ ގޯއްޗާއި އަދި އެހެން ދެގޯއްޗަކުން، އެގައްޑާމީ ގޯތީގާ އޮތްވަރަށް މިން ހަމަކޮށް، ދެތަން ބަދަލުކޮށް ލާޖައްސާ، އެތާގާހުރި ގެއަށް ދައުލަތުން އަގުދެއްވާ، އެގައްޑާމީ ގޯތި ބަންޑާރަވެ، އަދި މާފަންނު އަނދިރިއަނދިރި މަގާ އިންވެ އިރުން، މާފަންނު ކަންމަތީގޭ އުތުރުން ހިނގާން އޮތް މަގުގެ ފުރަތަމައަށް އޮތް ގޯތި(މ.ދިލްބަހާރު ގޯތި) އެއީ، މާދޫގެ އަހުމަދު ކަލޭފާނުގެ ތުއްތުދީދީ ގެ މިލްކެއްކަމުގަޔާ، އަދި އެ ގައްޑާމީ ގޯތީގެ އިރުން އޮތް ގައްޑާމީ ދަރިކޮޅަށް އޮތް ވަގުފް ތަން އެއީ، އަހުމަދު ކަލޭފާނު -/150ރުފިއާ ދައްކާ، އޭނައަށް ހަވާލުވެރިކަން ލިބިފާވާ ތަނެއް ކަމާއި، އަދި އޭނާގެ ތަރިކަ ބެހުމުގާ، ތުއްތުދީދީ، އެފައިސާ، އެތާގެ އެހެން ބެހެނިވެރިންނަށް ދައްކާ، އެތަނުގެ ހަވާލުވެރިއަކީ، އެ ތުއްތުދީދީ ކަމުގަޔާ، އެގޯތި އޮންނަން ވީވަރަށްވުރެ 90އަކަ އަނގޫ ކުޑަވެފާވާނެ ކަމާއި، މި އެންމެހާ ކަންތައްތައް ބަޔާންކޮށް، އެ އަމިއްލ ގޯއްޗާ އަދި ވަގުފްގޯތީގެ އިމާއި މިން ހިމަނާ، އެމަހްކަމާއިން ލިޔެފާވާ ފަތުގެ ނަކަލެއް. އަދި މި ކަރުދާހުގެ 3ވަނަ ގަނޑުގާ: 1380 ރަބީލްއައްވަލް 29(1960 ސެޕްޓެންބަރު 21)ގާ، ޝަރީއަތުގެ މަޖިލީހުން؛ މ.ދިލްބަހާރު ގޯތި، މާދޫގޭ އަހުމަދު ކަލޭފާނުގެ ތުއްތުދީދީގެ ތިން ދަރިން، ދޮންމަނިކު، އަބްދުލް މައްނާނު އަދި ޖަމީލާއަށް، ހަމަހަމައަށް، އޭނާ ހިބައިން ދީ، އެމީހުންނަށް އެތަން މިލްކުވެފާވާ ކަމުގާ، މަހްކަމަތުލް ޝަރީޔާގެ 60/132ނަންބަރު ގަޒިއްޔާއިން ސާބިތުވެފާވާކަމުގާ؛ އައްޝެއިހު މުހައްމަދު ޖަމީލް ދީދީ ސޮއިކޮށްފާވާ ލިޔުމެއްގެ ނަކަލެއް. Real estate document for Maafannu Dhilbahaarugoathi and Henveiru Gaddaamee- written in Thaana- stating ownership of the land (Size: 8.8" X 6.65")

              Sem título