1380ހ ރަބީލްއައްވަލް 29(1960މ ސެޕްޓެންބަރު 21)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ ދިދިގޯތީ ހަކުރާ ތަކުރުފާނު، އެދުރު މުހައްމަދު ތަކުރުފާނުގެ ދަރި އައިމިނާފާނުގެ، މައްޗަންގޯޅި ބޮޑުގަލު މިސްކިތު ހުޅަނގުން އޮތް ޗާނދަނީ މަގާ އިންވެ ހުޅަނގުން އޮތް، ދިދިގޯތި ކިޔާ ގޯތީއެއީ، 1181ހ(1767މ)ގާ، އަލްގާޒީ މުހައްމަދު ޝަމްސުއްދީނު ގެ ދަރި އަލްގާޒި އިބްރާހީމް ބަހާއުއްދީނު އުއްތަމަ ފަނޑިޔާރު ލިޔެދެއްވާފަތް، ބާވެގެން، 1345ހ ޖުމާދިލްއައްވަލް 8(1926މ ނޮވެންބަރު 14)ގާ، ހުސެއިން ސަލާހުއްދީނު އުއްތަމަ ފަނޑިޔާރު އާކޮށްދެއްވި ފަތުން، އެދަރިކޮޅަށް ވަގުފްކޮށްދީފާވާ ގޯއްޗެއްކަން ސާބިވެ؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 5ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް. K - Male' - Ma.Didi Goathi (37rd Housing Plot) - Deed for housing plot (Th.Elaa) Size: 10" X 7.5"
Republic of the MaldivesR00558
1 Archival description results for R00558
1 results directly related
Exclude narrower terms
MV NAM MV NAM 012-F9-15
·
Item
·
1960
Part of Manuscript