1380ހ ރަބީލްއައްވަލް 29(1960މ ސެޕްޓެންބަރު 21)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ 1302ހ(1885މ)ގާ، އަލްގާޒީ އިސްމާއިލް ބަހާއުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނު، ދިއްފުށީ ހަނދޭގިރިގޭ އަހުމަދު މަނިކުގެ ދަރި މޫސާ ދީދީ އަށް މިލްކުވެފާ ވާ ކަމުގާ، އެތާގެ އިމާއި މިން ހިމަނާ ފަތް ލިޔެދެއްވާފާވާ ކަމާއި، އެޔަށްފަހު، 1335ހ(1917މ)ގާ، ހުސެއިން ސަލާހުއްދީނު އުއްތަމަ ފަނޑިޔާރުގެ މޖިލީހުން، އެ މޫސާ ދީދީ ނިޔާވުމުން އޭނަގެ ދަރި ދޮންމަނިކުއަށް، އެތަން މިލްކުވީ ކަމާއި، އަދި މީނާ ނިޔާވުމުން، އެތަނުގެ 4/1، އޭނަގެ އައިންބަކަށް ހުރި، ކަޅިޗީ ހައްވާފުޅުއަށް މިލްކުވެ، އަނެއް 4/3، އޭނާގެ ވާރުތަވެރި މުރީދު ހަސަން މނިކުއަށް މިލްކުވެ، އޭނާ ނިޔާވުމުން، އޭނާގެ ދަރި މުރީދު އިބްރާހީމް މަނިކުއަށް އެތަން މިލްކުވެ، އޭނާ، އަބްދުލް މަޖީދު ދީދީއަށް ވިއްކި ކަމުގާ ފަތް ލިޔެފާވާ، އަދި 1346ހ(1928މ)ގާ، ލިޔެފާވާފަތަކުން، އަބްދުލް މަޖީދު ދީދީ، އެތަން ވަގުފްކޮށް، އެތަނުގެ ހަވާލުވެރިކަން އޭނާގެ ދަރި ހަދީޖާ ފަރީދު ދީދީ ކަމުގާ ފަތް ލިޔެފާވާ، ހެންވޭރު ދިއްލީ މިސްކިތުގެ އުތުރުން، ރޯނުކޮށީގެ އިރުން އޮތް ގޯތި؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް. އަދި މިފަތުގެ 6ވަނަ ސަފްހާގާ ނޯޓަކަށް: 1379ހ ޒުލްގައިދު 24(1960މ މޭ 20)ގާ، ދާހިލިއްޔާ އަށް ފޮނުވާފާވާ، މަހްކަމަތުލް ޝަރީޔާގެ، ށ-3-60/73ނަންބަރު ސިޓީއިން، 1346ހ ގާ ފަތް ލިޔެވުނު އިރު، އަބްދުލް މަޖީދުގެ ދަރި ހަދީޖާ ދީދީގެ ދަރިކޮޅު ނެތުމުގެ މައްސަލަ ހުށައެޅުމުން، ހަދީޖާ ދީދީއަށް ކުރެވިފާވާ ވަގުފްގެ މަންފާވެރިންނަށް ވާނީ، އޭނާގެ މަންމަގެ ފަރާތުގެ، އެންމެ ގާތް ފަގީރު މީހުންކަމުގާ ނިންމެވި ކަމުގާ ވެއެ. Size: 10" X 7.5" K - Male' - H. Maafolheyge (36th Housing Plot)- H.Boavelige (36th Housing Plot)- H.Kudhimagoo Maage (36th Housing Plot) - Deed for housing plot (Th.Elaa)
Republic of the MaldivesR00560
1 Archival description results for R00560
MV NAM MV NAM 012-F9-17
·
Item
·
1960
Part of Manuscript