1379ހ ޖުމާދިލްއައްވަލް 24(1959މ ނޮވެންބަރު 26)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، އައްސުލްތާނު މުހައްމަދު އިމާދުއްދީނު އިސްކަންދަރުގެ ދަރި އައްސުލްތާނު ހަސން ނޫރައްދީނު އިސްކަންދަރު ރަދުން ވަގުފްކުރައްވާފާވާ، އާގަނޑުވަރެކިޔާ 'ރައްދެބައިގެ' ގޯއްޗަކީ، 1302ހ ޖުމާދިލްއާހިރު(1885މ އޭޕްރިލް)ގާ އެރަދުން، މާވާކިލެގެފާނުންގެ ގަނޑުވަރޭ ކިޔޭ ގޯތިން މަރިޔަމް ދީދީއަށް މިލްކުވެގެންވާހާ ތަނަކާއި، ބޮނޑިބަތް މޫސާފުޅަށް މިލްކުވެގެން އޮތް ބޮނޑިބަތްގެކިޔާ ގޯއްޗާއި، އެދެތާނގެ މިލްކުވެރިން އަތުން ބައްލަވައިގަނެ، ދައުލަތުގެ މިލްކަށް ދޫކުރައްވާ، އޭގެބަދަލުގާ ބަންޑާރައިން އެރަދުންނަށް މިލްކަށް ލިބި، ވަގުފްކުރައްވާ، ބޮޑުގަލުގޭ ދީދީއަށް، އެރަދުންނަށް ލިބިވަޑައިގެން ދެ ދަރިކަނބަލުންނަށް، ހަވާލުވެރިކަން ލަށްވާ، ފަތް ލިޔެދެއްވާފާވާ ގޯއްޗެއްކަން ސާބިތުވެ؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް. Size: 10" X 7.5" K - Male' - H. G.rahdhebaige (27 number Housing Plot)- G.Aa Royal Palace Goathi (27 number Housing Plot) - Deed for housing plot (Th.Elaa)
Republic of the MaldivesR00563
1 Archival description results for R00563
1 results directly related
Exclude narrower terms
MV NAM MV NAM 012-F9-20
·
Item
·
1959
Part of Manuscript