Mostrar 2973 resultados

Assuntos
Termo de Assuntos Nota de âmbito contar Descrição arquivística contar Registo de autoridade
Size: 20.8" X 14.2" 1208ހ ޖުމާދިލްއާހިރު 17(1794މ ޖަނަވަރީ 19)ގާ، އައްސުލްތާނު ހަސަން ނޫރައްދީނުގެ ރަސްކަމުގެ 15ވަނަ އަހަރު، އެރަދުންގެ ދަރުބާރުގާ، ވަލުކަޑަ ބަނޑޭރި ހަސަން ތަކުރުގެ ދަރި އައަމިނަތު މަނިކެ، އޭނާގެ މިލްކުގާވާ މައްޗަންގޯޅި ވައިދަރިމަގު އިރުމަތީބައިގާ އޮތް، ވަށާ 111ބަމަ ހުރި އޮޑައްސަލަ ކިޔާ ގޯއްޗާއި، އެގޯތީގެ ގޮއިފާލައްބައިން، އެގޯއްޗަށް ވާހާ ތަކެއްޗާއި، އޭނާގެ މިލްކުން ކަނޑާ، އެރަދުންނަށް ހިބައިން ދިނުމުން، އެކަން ގަބޫލު ކުރަށްވާ، އެ ގޯއްޗާއި، އެގޯތީގެ ގޮއިފާލަށްބައިން އެގޯއްޗަށްވީހާ ތަކެތިން، ލިބޭ އެއްޗަކުން އެރަދުންނާއި، އެރަދުންގެ ބައްޕަ، އަލްގާޒީ ހަސަން އިއްޒުއްދީނާއި، މަންމަ އައިމިނާ މަނިކުފާނަށް ފާތިހާ ކިޔެވުމަށް ޝަރުތުކޮށް، ވަގުފްކުރަށްވާ، އެތަނުގެ ހަވާލުވެރިކަން، އެރަދުންގެ ދަރިކޮޅަށް ލަށްވައިފިކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، އަލްހާޒިން އަލްކަބީރު ހަނދޭގިރި ކިޔުމުން، ފަސްމަންދޫ އަލީ ހަކުރަވެތީގެ ދަރި އެދުރު ހުސެއިން ލިޔެފާވާ ފަތެއް. 0 0
Size: 12.8" X 7.9" 1161ހ(1748މ)ގާ، އައްސުލްތާނު އިބްރާހީމް އިސްކަންދަރު 2ގެ، ދަރުބާރުގާ، ޅ.އޮޅުވެލިފުށި މީހުން، އެމީހުންގެ ރަށުގާ، ސާމިޔާފާނުން ނާއި ކިލެގެފާނުން ބިނާކުރެއްވި މިސްކިތަށް ދެއްވި ބޯގަފަތް ބާވެއްޖެ ކަމުގާ ބުނެ، އެފަތް އާކޮށްދެއްވުމަށް އެދުމުން، ކުރީގެ ފަތުގާވާ ގޮތުގެ މަތިން؛ އެއަތޮޅު ތިލަމާފުށިއާއި، އޮޅުވެލިފުށިގެ ރުކުފާލައްބަ، އެމިސްކިތުގެ ބޯގައަށް ލަށްވާ، އޮޅުވެލިފުށީ އުރަ(ކަނޑާ ފަޅާ ބެދޭ ހިސާބު)އާއި، އެރަށު ގޮއި އެއީ ބަންޑާރަ އެއްޗެއް ކަމުގާ ލަށްވާ، ފަތް ލިޔެދިނުމުގެ އަމުރުނެރުއްވުމުން..(ތަރުޖަމާކޮށްފާވަނީ މިހިސާބަށް)ލިޔެފާވާ ދިވެސްއަކުރު ފަތުގެ، 1378ހ ޝައުބާން 6(1959މ ފެބްރުވަރީ 14)ގާ، ހުސެއިން ފަހުމީ ތަރުޖަމާކޮށް، ބޮޑުފެންވަޅުގެ ސީދީ ސައްހަކޮށްފާވާ، ތާނަ ތަރުޖަމާއެއް. 0 0
Early Modern History; The 1740's 0 0
B.Kudarikilu - Kudarikilu Mosque - Endowment for Shrine (ziyaaraiy) 0 0
Maldives -- B.Kudarikilu -- Kudarikilu Mosque -- Endowment for Shrine -- ziyaaraiy 0 0
Modern History; The 1790's 0 0
ކ - މާލެ – ހުކުރު މިސްކިތް(ކިލެގެފާނު މިސްކިތް) - ބޯގަ(މިސްކިތް) ފަތެއް 0 0
R00144 0 0
Maldives -- K.Male' -- G.Maandhoo Goathi -- Housing Plot -- Deed for housing plot 0 0
Size; 15.6" X 11.9" 1362ހ ޒުލްގައިދު 22(1943މ ނޮވެންބަރު 20)ގާ، މަހްކަމަތުލް ދާހިލިއްޔާއިން؛ ގަލޮޅު ބިހުރޯޒު މިސްކިތުގެ އިރުން އޮތް، ޝެއިހު މުދިން ކަލޭފާނުގެ ދަރި ފާތުމަތު ފުޅުގެ ދަރިކޮޅަށް، 1356ހ ރަބީލްއާހިރު 10(1937މ ޖޫނު 19)ގާ، ވަގުފްކޮށް ފަތް(F0-130) ލިޔެފާވާ، 'ހަނދުބަލާ ގޯތި'، އާއި، ގަލޮޅު ހަދީބީ މިސްކިތްދޮށުން ދެކުނަށްދާން އޮތް މަގާ އިންވެ ހުޅަނގުން ދެވަނަޔަށް، ހުޅަނގަށް ދާން އޮތް ގޯޅިޔާ އިންވެ ދެކުނުން އޮތް، މަންދޫ ގޯއްތި އާއި، ދެގޯތި ބަދަލުކޮށް ލާޖެއްސުމަށް، ސަރުކާރުން ބޭނުންވުމުން، އެ ފާތުމާފުޅުގެ ދަރިން އެކަމާ ރުހި، އެބޮޑުމިނަށް ތަންދީ، އިމާއި މިން ހިމަނާ، އެމަހްކަމާއިން ލިޔެފާވާ ފަތެއް. އަދި މިފަތުގެ ނުފުށުގާ: 1373ހ ސަފަރު 15(1953މ އޮކްޓޯބަރު 23)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، މަތީގާ އެވާގޯތި ތ.އެލާއިން ލާޖައްސާ، އަލުން ފަތްލިޔެދީފާވާ ކަމުގާ ލިޔެފާވާ ލިޔުމެއް. 0 0